ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ވޭތުވަމުން ނުހަނު ހަލުއިކަމާއެކު އެބަދެއެވެ. ފުރަތަމަ 10 ދުވަސް ފާހިތުވެގެން މިއޮތް ދަނީއެވެ. މެދު 10 އާއި ބައްދަލުކުރަނީއެވެ. އެއަށްފަހު ބައްދަލުކުރާނީ ފަހު 10 އާއެވެ. އެއަށްފަހު އަޅުގަނޑުމެންނާއި މި ޘަވާބާއި ދަރުމައިން ފުރިފައިވާ މައްސަރު އަލްވަދާޢުކިޔާނެއެވެ. މިދުވަހާއި ހަމައަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ދުނިޔޭގައި ދިރިހުންނާނެ ކަމެއް ހަމަ އެކަކަށްވެސް ނޭނގެއެވެ. |