ފުރަތަމަ ޞަފްޙާ ދީނީ ދަރުސް ޓީވީ ޕްރޮގްރާމް މަދަހަ ހުކުރު ޚުޠުބާ އިސްލާމީ ދިރިއުޅުން ސުވާލާއި ޖަވާބު ޤުރްއާނާއި ޙަދީޘް
 
##siteName##

»  ޤުރުއާން ތިބާއަށް މަގު ދައްކައެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ޤުރުއާން ހިތުދަސްކޮށް އެޤުރުއާން ކިޔަވާ މީހެއްގެ މިސާލަކީ ދަތުރު ކުރައްވަމުންދާ އަދި އެކަލާނގެ އާއި އަރިސް ކުރެއްވިގެންވާ މާތް ހެއުލަފާ މަލާއިކަތުންގެ މިސާލެވެ. އަދި އުނދަގުލާއިއެކު އެޤުރުއާން ކިޔަވާމީހާގެ މިސާލަކީ އޭނާއަށް ބުރަ އުނދަގޫ ކަމެއް ހިތްވަރާއިއެކު ކުރަމުންދާ މީހެއްގެ މިސާލެވެ. އެމީހާއަށް ދެޘަވާބު ހުއްޓެވެ.”

ވީޑިއޯގެ ދިގުމިން: 01 މިނެޓު 10 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 268 ފަހަރު

 
»  ވުޟޫގެ މާތްކަން

ވުޟޫ ކުރުމަކީ މާތްވެގެންވާ ކަމެކެވެ. އެހެނީ ވުޟޫ ކުރުމަކީ މީހާގެ ފާފަތައް ފޮހެވިގެންދާކަމެއްކަމަށް ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައިވެއެވެ.

ވީޑިއޯގެ ދިގުމިން: 01 މިނެޓު 30 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 691 ފަހަރު

 
»  އާޔަތުލް ކުރުސި

އާޔަތުލް ކުރުސި ގެ ވަރަށް ފުރިހަމަ ކިޔެވުމެއް.

ވީޑިއޯގެ ދިގުމިން: 00 މިނެޓު 50 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 666 ފަހަރު

 
»  ކަލޭވެސް މާތްﷲގެ ހަޟްރަތަށް ރުޖޫޢަ ކުރެވޭނެއެވެ.

ހިތުހުރިހާ ގޮތަކަށް، ހިތުހުރިހާ ފާހިޝް ކަންރަތައްތަކަށް އަރައި ގަންނަމުން ތިޔަ އުޅެނީ މާތްﷲގެ ހަޟްރަތަށް ރުޖޫޢަ ކުރެވޭނެކަން ނޭނގޭތީ ހެއްޔެވެ؟ ދަންނާށެވެ، މާތްﷲ ތިބާ ކުރާ ކޮންމެ އަމަލަކަށް ބަދަލު ދެއްވާނެއެވެ. ހެޔޮ ކަންތަކަށް އޮތް ބަދަލަކީ ސުވަރުގެއެވެ. އަދި ނުބައި އަމަލުތަކުގެ ބަދަލަކީ ނަރަކައެވެ.

ވީޑިއޯގެ ދިގުމިން: 00 މިނެޓު 35 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 673 ފަހަރު

 
»  ފުރާނައެއް ސަލާމަތްކޮށްދީފި މީހާގެ މިސާލަކީ...

'ފުރާނައެއް ސަލާމަތްކޮށްދީފި މީހާ އެންމެހާ މީސްތަކުން ދިރުވިފަދައެވެ.' މިފަދައިން މާތްﷲ ވަހީކުރައްވާފައިވާއިރު އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔެއްގެ ފުރާނަ ދުއްވާލުމަށް ފޫގަޅައިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟

ވީޑިއޯގެ ދިގުމިން: 00 މިނެޓު 35 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 660 ފަހަރު

 
»  މުއުމިނާގެ މިސާލަކީ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. [މުއުމިނާގެ މިސާލީ، މާމުއި ކުޅަނދުރުގެ މިސާލެވެ. އޭތި ކައިބޮއިހަދަނީ އެންމެ ރަނގަޅު ތަކެއްޗެވެ. އަދި އަނެކުންނަށް ފޯރުކޮށްދެނީވެސް އެންމެ ރަނގަޅު ތަކެއްޗެވެ.] (ޙަދީޘް ރިވާ ކުރެއްވީ: އިމާމުއްޠަބަރާނީ އާއި އިމާމް އިބްނު ޙިއްބާން)

ވީޑިއޯގެ ދިގުމިން: 51 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 597 ފަހަރު

 
»  ތިމަންމެން އީމާންވަމޭ ބުނެ އީމާން ނުވާ ބަޔަކު މީސްތަކުންގެ ތެރޭންވޭ!

ތިމަންމެން އީމާންވަމޭ ބުނެ އީމާން ނުވާ ބަޔަކު މުސްލިމުންގެ ތެރޭންވެއެވެ. އެމީހުން މާތްﷲ އަށް އުރެދި ހަރާމް ކަންތަކަށް އަރައިގަނެއެވެ. އަދި ބުނެއެވެ، 'ތިމަންމީ މާތްﷲ އަށް އީމާންވެ ހުރި މުސްލިމެކެވެ.' އެހެނަސް މާތްﷲ ވަހީ ކުރައްވަނީ އެމީހުން އެހެން ބުނި ކަމުގައިވިޔަސް މާތްﷲ އީ އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމަށެވެ.

ވީޑިއޯގެ ދިގުމިން: 02 މިނެޓު 17 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 863 ފަހަރު

 
»  ސޫރަތުލް ފާތިހާ - (سورة الفاتحة‎) ގެ ތަފްސީރް

ސޫރަތުލް ފާތިހާ - (سورة الفاتحة‎) ގެ ތަފްސީރް

ވީޑިއޯގެ ދިގުމިން: 02 މިނެޓު 14 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 635 ފަހަރު

 
»  ތިޔަ ސުވާލު ކުރެއްވީ ވަރަށް ބޮޑު ކަމަކާ ބެހޭ ގޮތުންނެވެ.

މިއީ އަލްއިމާމުއްނަވަވީ އެކަލޭގެފާނު ލިޔުއްވާފައިވާ "އަލްއަރްބަޢޫނައްނަވަވިއްޔާ" ގައި ގެންނަވާފައިވާ ޙަދީޘެކެވެ. މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޛީ އެވެ.

ވީޑިއޯގެ ދިގުމިން: 05 މިނެޓު 14 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 503 ފަހަރު

 
»  މާތް ﷲ އަށް އުރެދުނު މީހުންގެ ނިމުން ހުރިގޮތް

މާތް ﷲ އަށް އުރެދުނު މީހުންގެ ނިމުން ހުރިގޮތް ކީރިތި ޤުރުއާނުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.

ވީޑިއޯގެ ދިގުމިން: 02 މިނެޓު 09 ސިކުންތު

މިހާތަނަށް މި ވީޑިއޯ ބަލާފައިވަނީ 583 ފަހަރު

 

Page Number :   1 2 >